ޚަބަރު
މަސްވެރިންނަށް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރާނަން: ރައީސް

ސަރުކާރުން މަސައްކަތްކުރައްވަމުން ދަނީ މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ.މީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދާ އެއްގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް ޖަމާކުރުމަށް ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

“އަޅުގަނޑު މިރޭ މަރުހަބާ ދަންނަވާލަން ބޭނުން ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް. ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް އަޅުގަނޑު ވައުދުވީ ރަމަޟާންމަހުގެ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސައިދޭނަމޭ. ޤާނޫނީ ހުރަސްތަކެއް ހުރީމަ މަޖިލިސް ތެރެއިން އެކަން ކޮށްދޭނަމޭ. އެކަން ހަމަޖައްސައިދީ މިހާރު އެދަނީ ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ޖަމާވަމުން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިތުރު ފަންނުތަކުގެ ބޭފުޅުންނަށްވެސް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމަށް ވިދާޅުވިއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި، މިހާރު ވަނީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލާފައިކަން ފާހަގަކުރެއްވިއެވެ.

“އެ ދަފްތަރުގައި ޖެހިގެން ބޭންކިން ނިޒާމުން ލޯނު ނެގުމާއި އެސްޓީއޯގެ ކްރެޑިޓް ސްކީމުން އެހީތެރިކަން ލިބުން ފަދަ ކަންކަން ފަހިވެގެންދާނެ މިއަހަރު ތެރޭގައި،” ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މަސްވެރިންގެ އިތުރުން އެހެން ފަންނުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ރޯދަ އިނާޔަތް ލިބެންޖެހޭ ކަމަށް ވިދާޅުވެ، އެކަމަށް ވާސިލުވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!