ދެ ތިން މަސް ތެރޭގައި ގުޅިފަޅުން ގޯތި ލިބުނު ހުރިހާ ރައްޔިތުންނަށް ރަޖިސްޓްރީ ހަވާލު ކޮށް ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ދ. މީދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާަހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގުޅިފަޅުން ގޯތި ލިބުނު އެތައް ހާސް ބަޔަކު އެބަ ތިބި ކަމަށާއި، ހިއްކާފައި އޮތް ސަރަަހައްދާއި ނުހިއްކާ އޮތް ސަރަހައްދުންވެސް ގޯތި ލިބުނު މީހުން އެބަ ތިބި ކަަމަށެވެ.ހަމައެއާއެކު، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ހުރިހާ އެންމެންނަށާއި މިހާރު ހިކިފައި އޮތް ސަރަހައްދުން ގޯތި ހަމަޖެހުނު ރައްޔިތުންނަށް ގޯތި ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނުހިއްކާ ހުރި ސަރަހައްދުގައި ހުރި ގޯތިތައްވެސް، ހިއްކި ސަރަހައްދަށް ބަދަލުވެ، ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ހުރިހާ ރައްޔިތުންނަށް ގުޅިފަޅުން ގޯތި ލިބުނު ހުރިހާ ރައްޔިތުންނަށް ރަޖިސްޓްރީ ހަވާލު ކޮށް ނިންމާނަން،” އެމަނިކުފާނު ވިދާޅުވިއެވެ.
ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކުގެ ތެެރޭގައި ހިއްކާފައި އޮތް ސަރަހައްދުން ގޯތި ދިނުން ކުރިއަށް ދާނެ ކަމަށާއި ސްކޫލާއި، ހޮސްޕިޓަލް ފަދަ ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރެވިގެން ދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.