ޚަބަރު
ނޯތު ހާބަރު ސަރަހައްދުގައި “އޮޕަރޭޝަން ކުރަނގި” ގެ ހަރަކާތެއް ފަށައިފި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “އޮޕަރޭޝަން ކުރަނގި” ގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއް މިއަދު މާލޭގެ ނޯތް ހާބަރު ސަރަހައްދުގައި ފަށައިފިއެވެ. މި ހަރަކާތް ކުރިއަށްދަނީ ދަ ޝޮޓް ހާބަރ ރެސްޓޯރަންޓް ސަރަހައްދުގައި ހަވީރު 2:00 އިން ރޭގަނޑު 10:00 އަށެވެ.

މި ހާއްސަ އިވެންޓް އަމާޒުކުރެވިފައިވަނީ ނޯތު ހާބަރު ސަރަޙައްދާއި، ލޯކަލް މާރުކޭޓް އަދި އަތޮޅު ފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށެވެ. އަދި މި ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން މި އިވެންޓުގައި ބައިވެރިކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ވުޒާރާއިން ވަނީ އަންގާފައެވެ.

މިދިޔަ އަހަރުގެ މެއި 2 ވަނަ ދުވަހު ފެށުނު “އޮޕަރޭޝަން ކުރަނގި” ގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މަޢުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމެވެ. ވުޒާރާއިން ފާހަގަކުރި ގޮތުގައި މި ޕްރޮގްރާމުގެ ފުރަތަމަ މަރުޙަލާގައި އެއްކުރެވޭ މަޢުލޫމާތުގެ ސަބަބުން ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަކީ އެ ފަރާތުގެ މަޤްޞަދެއް ނޫނެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ފުރުޞަތު

ވުޒާރާއިން ބުނާ ގޮތުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. އަދި ފުރަތަމަ މަރުޙަލާ ނިމުމަށްފަހު، ރަސްމީ ލިޔެކިޔުން ނެތި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، އެ މީހުންގެ ޤައުމުތަކުގެ އެމްބަސީތަކާ ގުޅިގެން އެ މީހުން އަނބުރާ ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!