މައުލޫމާތު
ރަމަޟާން މަސް ފާއިތުވުމުގެ ކުރިން އެ މަހުން ފައިދާ ހާސިލުނުކުރެވުނު މީހަކަށްވުރެ، ވަކީން ބޮޑު އަބާއްޖަވެރިއަކު ނުހުންނާނެ: ޚުޠުބާ

ރަމަޟާން މަސް ފާއިތުވުމުގެ ކުރިން އެ މަހުން ފައިދާ ހާސިލުނުކުރެވުނު މީހަކަށްވުރެ، ވަކީން ބޮޑު އަބާއްޖަވެރިއަކު ނުހުންނާނެ ކަމަށް މިއަދު ޚުޠުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުޠުބާގައި އަލިއަޅުވާލައިފައިވަނީ ރޯދަވެރިޔާގެ ޢަމަލުތައް ބަހައްޓަންވީ ގޮތުގެ މައްޗަށެވެ.

މުސްލިމް އަޚުންނޭވެ. އަހަރެމެންނާ ބައްދަލުމިކުރަނީ، ބަރަކާތްތެރި ރަމަޟާން މަހެވެ. ކީރިތި ޤުރުއާން ބާވަައިލެއްވުނު މަހެވެ. އެ މަހު ހިފާ ރޯދައާއި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވާ މަހެވެ. އެންމެ ރެއެއްގެ އަޅުކަން އެ ރޭ ނުހިމެނޭ އެއް ހަސް މައްސަރަށް ވުރެ، ހެޔޮވެގެންވާ ރެއެއް، އެ މަހުގައި ވެއެވެ. އެއީ ނަރަކައިން ދިންނެވުމުގެ މަހެވެ. ހެޔޮ ޢަމަލުތަކަށް މަގުފަހިވާ މަހެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މަހެވެ. ޝާއިޠާނުން ކަސްތަޅު އެޅުވޭ މަހެވެ. ނުބައިކަންތަކަށް ހުރަސްއެޅޭ މަހެވެ. ރަމަޟާން މަހުގެ މާތްކަމަށް ރިޢާޔަތްކޮށް ޚުޠުބާގައި ހާމަކޮށްފައިވެއެވެ.

ޝަރީޢަތުގައި ރޯދަ ގެއްލޭ ކަންތައްތަކުގެ ގޮތުގައި ޚުޠުބާގަައި ސިފަކުރައްވާފައިވަނީ، ގަދަކަމުން ހޮޑުލުމާއި، ކެއިންބުއިމާއި، ޖިމާޢުވުމާއި، މިއިން ކަމެއްގެ ޙުކުމުގައި ހިމެނޭ ކަންކަމާއި މުޅި ދުވާލު މަސްތުގެ ޙާލަތުގައި ހުރުމެވެ. އެހެންނަމަވެސް ރޯދައަށް ހުރިކަން ހަނދާން ނެތި އެއްޗެއް ކެވުނަސް އަދި ފެންފޮދެއް ބޮވުނަސް އޭނާގެ ރޯދައެއް ނުގެއްލޭނެކަމަށް ޚުޠުބާގައި ހާމަކޮށްފައިވެއެވެ.

ރޯދައިގެ މައިގަނޑު މަޤްސަދަކީ ތަޤްވާވެރިވުމެވެ. ތަޤުވާގެ މާނައިގައި ހެޔޮ ޢަމަލު ކުރުމާއި އެންމެހައި ފާފަތަކާ ދުރުހެލިވުން ހިމެނެއެވެ. ރޯދައަކީ ތަޤުވާގެ އިތުރަށް، ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ވެސް މެއެވެ. ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ ހުރުމީ، ދުނިޔަވީ އެދުންތަކާ ނަފުސު ދުުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެކެވެ. މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ދުނިޔޭގެ އެދުންތަކާ ދުރުވެ، ދަހިވެތިކަން ކުޑަވެ، ރޫހާނީ ބާރު އިތުރުވެއެވެ. ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެންނެވެ. ނުބައި ބަސްތައް ބުނުމާއި އެފަދަ ޢަމަލުތައް ކުރުން ހުއްޓާލައިގެންނެވެ. ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާ ނަމަ ހަމައެކަނި ކެއިންބުއިމާއި ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތެވެ.

ރޯދަ މަހަކީ މުސްލިމުންގެ ހުރިހައި އަމަލެއް ހެޔޮ ގޮތުގައި ބަހައްޓަންޖެހޭ މަހެއްކަން ޚުޠުބާގައި ގޮވާލައިފައިވެއެވެ. އެގޮތުން ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި ނިކަމެތީންނަށް އެހީވުމާއި ނަމާދުކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާއި ދަމުނަމާދުކުރުމާއި އިޢުތިކާފުކުރުން ފަދަ އަޅުކަންތަކެވެ. މީގެ އިތުރުން، ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތް ވަކި ބަޔަކަށް ނުޖައްސައި އެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ރޯދަމަހު ވަކީން ބޮޑަށް ދަރުމަހުރި ކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. ހަމައެފަދައިން، ވިޔަފާރިވެރިން އެ މީހުންގެ މުދަލުގެ އަގުތައް ކޮންޓްރޯލްކޮށް އުޚުރަވީ ހަޔާތުން ފައިދާއާއި ނަފާ ލިބިގަންނާން އެއީ ރަނގަޅު ފޯއްވައްސެއްކަމަށް ވެސް ޚުޠުބާގައި ގޮވާލައިފައިވެއެވެ.

ޚުޠުބާ ނިންމާލައިފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަަސައްލަމައަށް ޞަލަވާތް ކިޔުމަށްފަހުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!