ޚަބަރު
ރަކީދޫއަށް 118 މިލިމީޓަރުގެ ވާރޭ ވެހިއްޖެ

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހުނީ ވ. ރަކީދޫއަށް ކަމަށާއި އެ ރަށަށް 118.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

ފާއިތުވި 24 ގަޑިއިރު އެންމެ ގިނަައިން ވާރޭވެހުން ރަށްތައް މެޓް އޮފީހުން އާންމު ކޮށްފައިވާއިރު، ރަކީދޫއަށް 118.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ފ.ނިލަންދޫއަށެވެ. އެ ރަށަށް 65 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ތިންވަނައަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގދ. ކާޑެއްދޫއަށެވެ.

ފާއިތުވި 24 ގަޑިއިރު ބޯކޮށް ވާރޭ ވެހުނު ރަށްތައް:

  • ވ، ރަކީދޫ – 118.5 މިލިމީޓަރުގެ ވާރޭ
  • ފ. ނިލަންދޫ – 65 މިލިމީޓަރުގެ ވާރޭ
  • ގދ. ކާޑެއްދޫ – 46.6 މިލިމީޓަރުގެ ވާރޭ
  • އދ. މާމިގިލި – 40 މިލިމީޓަރުގެ ވާރޭ
  • ހުޅުލެ – 31.4 މިލިމީޓަރުގެ ވާރޭ

މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!