މޫސުން ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ގައުމީ މޫސުމާ ބެހޭ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.
މިއަދު މެނދުރު 12:45 އިން ހަވީރު 16:00 އަށް މި އަތޮޅުތަކަށް ރީނދޫ ސަމާލް ނެރެފައިވާއިރު، ސަމާލުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެދުރާއްޖެތެރެ އާއި ދެކުނުގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މިއަދާއި މާދަމާވެސް މެދު ރާއްޖެތެރޭގެ ހުރިހާ ރަށަކަށްވެސް މޫސުން ވަރަށް ގޯސް ވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މައުލޫމާތުލިބެއެވެ.