މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މިއަދު ހަވީރު 18:00 އަށް މޫސުން ލަފާކޮށް މެޓުން ބުނެފައިވަނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާކަމަށެވެ.
އަދި ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ވެސް މެޓުން ހާމަކޮށްފައިވެއެވެ. ހަމަ އެއާއެކު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
މެޓުން އިތުރަށް ބުނެފައިވަނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި 3-6 ފޫޓަށް ރާޅުތައް އުސްވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެޓުން ވަނީ ރޭ ފަތިހު 04:30 އިން ފެށިގެން މިއަަދު ހެނދުނު 10:30 އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައެވެ. އެއީ ދެކުނުގެ ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމަޔަށެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.