ޚަބަރު
ބީއެމްއެލްގެ ‘ރަން ފުރުސަތު’ ރޯދަ ޕްރޮމޯޝަނާއި ވީބީ، ލޮޓަސް އަދި ފަހިޕްލާޒާ ގުޅިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޯދަމަހަށް ޚާއްޞަކޮށްގެން ކުރިޔަށް ގެންދާ “ރަން ފުރުސަތު” ޕްރޮމޯޝަނާ ވީބީ، ލޮޓަސް އަދި ފަހިޕްލާޒާ ގުޅިއްޖެއެވެ.

މިއަދުން ފެށިގެން އޭޕްރީލް 7 ގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަނުގައި، މި ފިހާރަތަކުން ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ކޮންމެ ދުވަހަކު 2,000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް، ކަސްޓަމަރުން އެއްފަހަރާ 300 ރުފިޔާއަށްވުރެ މަތިން ޚަރަދުކުރަންޖެހޭނެއެވެ. އަދި މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދުވަހަކު އެއް ފަރާތަކަށް ގިފްޓް ކާޑު ލިބިގެންދާނެއެވެ.

“ރަން ފުރުސަތު” ޕްރޮމޯޝަނުގައި ރެޑްވޭވް އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ ފިހާރަތައްވެސް ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. މިއީ ރޯދަމަހުގެ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލްއިން ކުރިޔަށް ގެންދާ ޕްރޮމޯޝަނެކެވެ.

ބީއެމްއެލްގެ ކާޑު ޚިދުމަތްތަކަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ޕޭމަންޓް ނެޓްވޯކް ކަމަށްވެފައި، މި ޕްރޮމޯޝަނަކީ އިތުރު ފިހާރަތަކެއް ގުޅުމާއެކު އިތުރަށް ފުޅާވެގެންދާނެ ޕްރޮމޯޝަނެއް ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!