ޚަބަރު
ވިއްސާރަ ދުވަސްވަރަކަށްވާތީ މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފި

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މަގުތަކުގެ އާންމު ސާފުތާހިރުކަން ގެއްލިދާނެތީ، އެއްވެސް ގެއަކުން މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސްކޮށްފިއެވެ.

ވެމްކޯއިން ބުނީ މޫސުން ގޯސްވެ ވިއްސާރަވި ނަމަވެސް، މެދުކެނޑުމެއްނެތި އެ ކުންފުނިން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ، އެކަން ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 އަށް އެންގުމަށް އެ ކުންފުނިން އެދިފައިވެއެވެ.

ރޯދަމަހު ކުނި ނަގާ ގަޑިތަކަށް އައި ބަދަލު
މީގެއިތުރުން ވެމްކޯއިން ވަނީ ރޯދަމަހު ކުނި ނަގާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލޭގައި ރޭގަނޑު 8:30 އިން ދަންވަރު 2:30 އަށް، ހުޅުމާލޭގައި ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށް، އަދި ވިލިމާލޭގައި ރޭގަނޑު 9:30 އިން ދަންވަރު 1:30 އަށް ކުނި ނެގުމުގެ ޚިދުމަތް ދޭނެއެވެ.

އަދި ކުނި ނެރުމުގައި، ބިއްލޫރި ނުވަތަ ތޫނު އެއްޗެހި އުކާލާނަމަ، އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދުކޮށްފައި ވަކިން ބެހެއްޓުމަށްވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!