ޚަބަރު
ހުރާ ފެނު އަޑީގައި: ރަށުގެ %50 ގެތައް ނޫޅެވޭ ހާލަތުގައި!

ބޯކޮށް ވާރޭވެހި ކ.ހުރާގެ 90 އިންސައްތަ ފެންބޮޑުވެއްޖެއެވެ.

މިހާލަތާ ގުޅިގެން ރަށުގެ 50 އިންސައްތަ ގެތަކުގައި ދިރިއުޅެވޭ ވަރުނުވާ ހިސާބަށް ކަންތައްތައް ގޮސްފައިވާކަމަށް ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު ހުވަދޫ މީޑިއާ އަށް މައުލޫމާތު ދީފައިވެއެވެ. އަދި ޖަންގްޝަންތަކާއި ވަޅުތައް ވެސް ފެންބޮޑުވެފައި ވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އަދި ރަށުގެ ބައެއް ގޭގޭގައި ކަރަންޓު ނެތްކަން ވެސް ރަށުގެ އާންމުން ވަނީ މައުލޫމާތު ދީފައެވެ.

މިއަދު ހަވީރު 5:30 އިން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރޭއާ ގުޅިގެން ހުރާގެ ގިނަ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ ތެރޭގައި ގޭގޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ތަކެއްޗަށްވެސް ވަނީ އެތައް ގެއްލުންތަކެއް ލިބިފައެވެ.

ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު ހުވަދޫ މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި މިވަގުތު ކައުންސިލުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވެލި ބަސްތާ އަދި ހައިމާކު ބޭނުންކޮށްގެން މި މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުރާގެ މަގުތައް ފެންބޮޑުވެ ގެތަކަށް ފެން ވަންނަމުންދާތީ ހުރާ ކައުންސިލުން ނެރެފައިވާ އިއުލާން

މިފަދަ ހާދިސާތަކުގައި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!