މިއަހަރުގެ ރަމަޟާން މަސް ފެށިގެން އައީ ރާއްޖޭގެ އަނބު މޫސުމާ ދިމާވެގެންނެވެ. ރޯދަވީއްލުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މޭވާ ކަމުގައިވާ އަނބު، ބާޒާރުގައި ވަރަށް ތިޔާގިކޮށް ލިބެން އެބަހުއްޓެވެ. ބާޒާރަށް ވަދެގެން ދިޔައިރު އަނބު ވަަަހުން ތަންއޮތީ އެއްވަަސް ކުރުވާފައެވެ. މިއީ ފަނިގިރުުމުގެ އިތުރަށްވެސް ބަައެއް ކަަހަލަ ކާތަކެތި ތައްޔާރުކުރުމަށްވެސް ބޭނުންކުރާ މޭވާއެއް ކަމުން، އަނބު ގަންނަން ތިބި މީހުންގެ ކިއުލައިންވެސް ވަކި ކުޑައެއް ނޫނެވެ.
ބާޒާރުގެ އަގުތަކާއި ލިބެންހުރި ތަކެތި
ބާޒާރުގައި އަނބު ގިނައިން ލިބެން ހުރި ނަމަވެސް، އަނބު ކިލޯއެއްގެ އަގު ހުރީ 80 ރުފިޔާއާއި 90 ރުފިޔާއާ ދެމެދުގައެވެ. އަނބުގެ އިތުރުން ފަނިގިރުމަށް ބޭނުންކުރާ އެހެނިހެން މޭވާތައް ވެސް ބާޒާރުގައި ގިނައިން ލިބެން ހުއްޓެވެ. މީގެ ތެރޭގައި ކަރާ، ފޭރު، ޖުމްހޫރީ މޭވާ އަދި މެލަން ފަދަ ތަކެތި ހިމެނެއެވެ.
މަސް މާރުކޭޓަށް ބަލާއިރު، ކަޅުބިލަމަހާއި ކަންނެލި ކިލޯއެއް ވިއްކަމުންދަނީ 35 ރުފިޔާއަށެވެ. ގިނިމަސް ކިލޯއެއް 50 ރުފިޔާއަށް ލިބެން ހުއްޓެވެ. އަދި ހަނދި، ފާނަ ފަދަ މަސްތައް އެއަށްވުރެ ބޮޑު އަގުގައި ވިއްކަމުންދާއިރު، މުށިމަސް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުރިކަން ފާހަގަކުރެވެއެވެ.
ރޯދަމަހަށް ޚާއްޞަކޮށް، ބާޒާރުގައި ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން އެހެން އަހަރުތަކާ އަޅާބަލާއިރު، އަސާސީ ގިނަ ކާބޯތަކެތީގެ އަގުތައް ވަނީ އެއް މިންގަނޑެއްގައި ހިފެހެއްޓިފައެވެ. ސަރުކާރުގެ އަމާޒަކީ ރޯދަމަސް ނިމެންދެންވެސް މި އަގުތައް ހިފެހެއްޓުމެވެ.
ޖުމްލަ ގޮތެއްގައި މިއަހަރުގެ ރޯދަމަހުގެ ބާޒާރަށް ބަލާއިރު، ކާބޯތަކެތީގެ އަގުތައް ދަނީ ކޮންޓްރޯލް ކުރެވިފައިވާ މިންގަނޑެއްގައި ހިފެހެއްޓިގެންނެވެ.
އެންމެ ހާއްސަ އެއްކަމަކީ މި ރޯދަމަސް އަނބުގެ މޫސުމާ ދިމާވެފައި ވުމުން ރޯދަ ވީއްލުމަށް ފަނި ގިރުމަށާއި އެކިކަހަލަ ކާތަކެތި ތައްޔާރުކުރުމަށްވެސް އަނބު ބޭނުންވާ ބޭފުޅުންނަށް ދިވެހިއަނބު ފަސޭހައިން ލިބެން ހުރުމެވެ.

