ޚަބަރު
ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން 160 މިލިޔަން ރުފިޔާ ޚަރަދުކުރައްވާނެ: ތިމާވެއްޓާ ބެހޭ ވުޒާރާ

މި ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން 160 މިލިޔަން ރުފިޔާ ޚަރަދުކުރައްވާނެކަމަށް ތިމާވެށްޓާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި ރޯދަމަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ރައްޔިތުންނަށް ޑިސްކައުންޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ އިޢުލާން ކުރައްވާފައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ، “ކުރީގެ މަސްތަކަށް ބަލައި އެވްރެޖްކޮށް ބިލަށް ޖެހޭ ވަރަށްވުރެ ބޮޑުވާނަމަ އެ ބޮޑުވާ ބައި ޑިސްކައުންޓްގެ ތެރެއިން ކަވަރު ކޮށްދޭނެ” ކަމަށެވެ. އަދި “ކޮންމެ ގޭބިސީއެއްގެ ކަރަންޓާއި ފެން ބިލުންވެސް މަދުވެގެން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ” ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަމަޟާން މަހަކީ އާންމު މަސްތަކަށްވުރެ ޚަރަދުތައް އިތުރުވާ މަހަކަށްވުމުން، ރައްޔިތުންގެ އަތުން ހިނގާ ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ ރައީސް މުޢިއްޒުގެ ސަރުކާރުން މިދިޔަ އަހަރުން ފެށިގެން ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ދެއްވަމުންގެންދަވާ އިނާޔަތްތަކުގެ ތެރެއިން އެއް އިނާޔަތެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!