ޚަބަރު
އެމްއައިސީ ގިނަ މުވައްޒިފުންތަކެއް ވަޒީފާއިން ވަކި ކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) ގެ ދަށުން ހިންގާ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިން (އެމްއައިސީ) އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފިއެވެ.

އެމްއައިސީގައި ވަޒީފާގައި ތިބި 30 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ފަށައިގެން މި މުވައްޒަފުންތައް ވަޒީފާއިން މުސާރަ ނުލިބޭގޮތަށް ބޭތިއްބި ކަންވެސް ވަނީ އެނގިފައެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން، 40 ވަރަކަށް މުވައްޒަފުން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދެވިފައިވާކަމަށް ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ވިދާޅުވެއެވެ. އަދި ބައެއް މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ޗުއްޓީގައި ތިބޭތާ އަހަރު ވެފައިވާއިރު، ދެންތިބި މުވައްޒަފުން މުސާރަ ނުދޭތާ 7 ނުވަތަ 8 މަސް ވަރު ވެދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ (ޓީމް)ގެ ފަރާތުން 6 މުވައްޒަފެއްގެ މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް ހުށައަޅައި، އިތުރު 14 މުވައްޒަފެއްގެ ވަޒީފާގެ މައްސަލަ ލޭބަރ ރިލޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވީ ނަމަވެސް މިމައްސަލަޔަށް އެއްވެސް ހައްލެއް ލިބިފައި ނުވާތީ ހިތާމަ ކުރަށްވާ ކަމަށެވެ.

އެމްއައިސީ އިން ދިވެހި މުވައްޒިފުންގެ އިތުރަށް ގިނަ އަދަދެއްގެ ބިދޭސީ މުވައްޒިފުންތަކެއް ވެސް ވަޒީފާއިން ވަކި ކޮށްފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ. ކޮވިޑް-19 ގެ މި ހާލަތުގައި ގިނަ ކުންފުނިތަކަކުން މުވަޒިއްފުންނަށް މުސާރަ ނުދިނުމާއި، ކުރިން އެންގުމަކާއި ނުލާ ވަޒީފާއިން ވަކި ކުރުމުގެ މައްސަލަ ވަނީ އިތުރު ވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!