ޚަބަރު
ފްލެޓް ލިސްޓަށް މިހާތަނަށް 675 ޝަކުވާ ހުށަހަޅައިފި

4000 ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން މިހާތަނަށް 675 ޝަކުވާ ލިބިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

ވުޒާރާއިން ދެއްވި މަޢުލޫމާތުގައި، މިހާތަނަށް ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ 452 ޝަކުވާއާއި، ދެ ކޮޓަރީގެ ލިސްޓާ ގުޅޭ 223 ޝަކުވާ ހިމެނެއެވެ. މި ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވާ އަދި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓް ސަރުކާރުން އިޢުލާންކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހޮނިހިރު ދުވަހު ވަނީ ހުޅުވާލާފައެވެ.

ވުޒާރާއިން ވިދާޅުވެފައިވަނީ، “ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ނުދޭނެ” ކަމަށެވެ.

ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއް ހުށަހެޅުމަށް gedhoruveriya@infrastructure.gov.mv އީމެއިލް މެދުވެރިކޮށް ނުވަތަ ސިޓީއަކުން ހުށަހެޅިދާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް 4004911 އަދި 4004910 ނަންބަރާ ގުޅުމަށްވެސް އެ ވުޒާރާއިން އަންގަވާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!