ޚަބަރު
ފިލްމް “ފަތިސްހަނދުވަރު” ގެ ޚާއްސަ ޝޯވއެއް މިރޭ

ގދ ތިނަދޫ ގެ ގިނަ ފަރާތްތަކެއް ހިމަނައިގެން ސްލޭމް ސްޓޫޑިއޯ އިން އުފައްދާފައިވާ ދިވެހި ފިލްމު “ފަތިސްހަނދުވަރު ގެ ވާހަކަތައް 23 އަހަރަށް ފަހު ހިއްސާ ކުރުމަށް ޚާއްސަ ޝޯވ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖޭގެ ފިލްމީ މަސްރަޙަށް ބޮޑު އިންޤިލާބީއެއް ގެނެސް ދިން ދިވެހި ފިލްމް ”ފަތިސްހަނދުވަރު“ ފިލްމަަށް ޚާއްޞަކޮށްގެން ކްލަބްހައުސްގައި ބާއްވާ ޝޯވ މިރޭ 22:00ގައި ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، މި ޓޯކް ޝޯވ ގައި ”ފަތިސްހަނދުވަރު“ ފިލްމު އުފެއްދުމުގެ މަސައްކަތްތަކާއި މި ފިލްމާ ބެހޭ އެންމެ ތަފުސީލް މަޢުލޫމާތު ހިއްސާ ކުރެވޭނެ އެވެ.

”މުނިއަވަސް ނިއުޒް އަވަރ – ފަތިސްހަނދުވަރު ސްޕެޝަލް“ގެ ނަމުގައި ގެނެސްދޭނެ ޝޯވގައި މިހައިތަނަށް، ”ފަތިސްހަނދުވަރު“ ފިލްމާ ބެހޭގޮތުން ކުރިން އަޑު އިވިފައި ނުވާ އެތަކެއް ވާހަކަތަކެއް ހިމެނޭނެ ކަމަށް މުނިއަވަސް އިންވަނީ ބުނެފައިވެއެވެ.

އެގޮތުން މި ޝޯވގައި، ފިލްމުގެ ލީޑް ކުޅެފައިވާ މޫސާ މަނިކް (ރީކޯ މޫސަ)، ނިޢުމާ މުޙައްމަދު އިތުރުން ފިލްމުގެ ވާހަކަ ލިޔުންތެރިޔާ އިބްރާހީމް ވަހީދު (ބިންމާ)، ފިލްމުގެ ޕްރޮޑިއުސަރ އަސްލަމް ރަޝީދުގެ އަދި ފިލްމުގެ ޑައިރެކްޓަރ ޢީޝާ ޝަރީފް ބައިވެރިވާނެއެވެ.

ފަތިސްހަނދުވަރު ގައި ފެނިގެން ގޮސްފައިވާ ތިނަދޫ މީހުންގެ ތެރޭގައި އަހުމީ މާ އަހުމަދު ، އާމިނަތު އަބްދުﷲ (ޖަމްޝޫދާ) ގެ އުތުރުން މުޙައްމަދު ނާޒިމް، މުހައްމަދު ރަޝީދު އަދި މުޙައްމަދު އަޚްތަރް ފަދަ ފަންނާނުން ހިމެނެއެވެ. މި ފިލްމު ގެ ބޮޑު ބައެއް ތިނަދޫ އާއި ކާޑެއްދޫ ޝޫޓްކޮށްފައިވާއިރު އެ މަސައްކަތުގައި ޢަމަލީ ގޮތުން އެއްބާރުލުން ދިން ފަރާތަކީ ތިނަދޫ ޒުވާނުންގެ ކްލަބެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!