ޚަބަރު
އެޗްޑީސީގެ ޗެއަރމަން ނާޞިފް ވެމްކޯގެ ޗެއަރމަންކަމަށް ބަދަލުކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަން ކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ނާޞިފް އެ މަޤާމުން ވަކިކުރައްވައި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއަރމަން ކަމުގެ މަޤާމަށް މިއަދު އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިކަން އިޢުލާނުކުރަމުން ބުނެފައިވަނީ، ސ. ހުޅުދޫ، ރިވަރސައިޑް އަޙްމަދު ނާޞިފް، އެޗްޑީސީގެ ޗެއަރމަންކަމުން ވަކިކޮށް ވެމްކޯގެ ޗެއަރމަންކަމަށް ބަދަލުކޮށްފައިވަނީ މިއަދު ކަމަށެވެ.

މި ބަދަލު ގެނެވިފައިވަނީ އެޗްޑީސީގެ ބައެއް އިސްވެރިންނާ ގުޅޭ މައްސަލައެއް ތަޙުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ޑިސެމްބަރު މަހު އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހިމެނޭ ގޮތަށް ގިނަ ޑިރެކްޓަރުންތަކެއް ވަނީ ސަސްޕެންޑް ކުރެވިފައެވެ. ނަމަވެސް އޭރު ޑިރެކްޓަރުންގެ ބޯޑުން ސަސްޕެންޑް ނުކުރެވި ހުންނެވި ހަމައެކަނި މެންބަރަކީ ނާޞިފްއެވެ.

އެޗްޑީސީގެ އިސްވެރިންނާ ގުޅޭ މައްސަލައިގެ ތަޙުޤީޤަށް އެއްބާރުލުން ދިނުމަށްޓަކައި ކަމަށް ވިދާޅުވެ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދު ވަނީ އޭނާގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!