ޚަބަރު
ރީޑިން ނަގާތާ 1 ދުވަހުގެ ތެރޭ ކަރަންޓު ބިލު ފޮނުވަނީ

މީޓަރުގެ ރީޑިން ނަގާތާ 1 ދުވަހުގެ ތެރޭގައި ބިލު ފޮނުވާނެކަމަށް ސަރުކާރު ހިއްސާވަާ ކުންފުނި، ސްޓެލްކޯއިން ބުނެފިއެވެ.

ޕީއެސްއެމް އިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ބިލު ފޮނުވާ އުޞޫލަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށާއި، މިހާރު ރީޑިން ނަގާތާ 1 ދުވަސް ފަހުން ގެތަކަށް ބިލު ފޮނުވަމުންދާނެކަމުގައެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ޢަމަލުކުރަމުންދާނީ ރައްޔިތުންނަށް ވީހާވެސް ލުއި ގޮތަކަށް ކަމަށާއި އަދި ބިލުގައި އެއްވެސް އޮޅުވާލުމެއް ނުވަތަ އަގު މަތިކުރުމެއް ނޯންނާނެކަމުގެ ޔަޤީންކަންވެސް ފަހުމީ ދެއްވާފައެވެ. 25 ދުވަސް ފަހުން ބިލު ފޮނުވުމުން ޢާންމުންގެ މެދުގައި ބިލަށް އަރާވަރާ މެދު އޮޅުން ހުންނަ ކަން ފާހަގަކުރައްވަމުން ފަހުމީ ފާހަގަކުރެއްވިގޮތުގައި މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ކަރަންޓު ބިލާއި މެދު އުފެދޭ އޮޅުންތަކާއި ޝަކުވާތައް މަދުކުރެވިގެންދާނެއެވެ.

މި ހިނގާ މާރޗްމަހުގެ ބިލް ލިބޭއިރު،  މި ބިލުގައި ސަރުކާރުން ދެއްވާ ރޯދަ ޑިސްކައުންޓް ހިމެނޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!