ޚަބަރު
މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި ދިވެހި ޒުވާނާއާ ބައްދަލުވެއްޖެ ކަމަށް އާއިލާއިން ބުނެފި
މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި ދިވެހި ޒުވާނާ، އަހުމަދު އުސެއިދު، އޭނާގެ އާއިލާއާ އެ ގައުމުގެ ފުލުހުން މިއަދު ހަވާލުކޮށްފި އެވެ. މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގެއްލިފައިވާ ކަމަށް ބެލެވުނު 24 އަހަރުގެ އުސެއިދު ފެނުނީ ހޮޓަލަކަށް ދިޔަ ތަނުން ދިމާވި ކަމަކާ ގުޅިގެން ކަަމަށް މައުލޫމާތު ލިބިފައިވެއެވެ.

އުސެއިދުގެ ބައްޕަ އަދި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ބ. އަތޮޅު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް އަފީފު ވިދާޅުވިކަމަށް އޮންލައިން ނޫސް މިހާރުގައި ބުނެފައި ވަނީ، އުސެއިދު ފުލުހަށް ގެންދަން ދިމާވީ، ހޮޓަލުގެ މުވައްޒަފަކަށް އުސެއިދު ކޮންމެވެސްކަމެއް ކުރަންއުޅޭ ކަހަލަ ތުހުމަތެއް ކުރެވިގެން ފުލުހުންނަށް އެންގުމުން ކަމަށެވެ، އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު އާއިލާއިން މަސައްކަތް ކޮށްގެން އުސެއިދު ވަނީ މިހާރު އާއިލާއާ  ހަވާލުކޮށްފައެވެ،

“އުސެއިދާ ބައްދަލުވެއްޖެ. ހާލު ވެސް ރަނގަޅު،” އަފީފު ވިދާޅުވި އެވެ. އުސެއިދަކީ މޮނާޝް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރެކެވެ.

އާއިލާއިން ބުނި ގޮތުގައި އުސެއިދުގެ ސިއްހީ އެއްވެސް މައްސަލައެއް ނެތެވެ.
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!