ޚަބަރު
ރަމަޟާން ބްލަޑް ކޭމްޕް: މިމަހުގެ 06 އަދި 16 ގައި!

ރޯދަ މަހު ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ރަމަޟާން ބްލަޑް ކޭމްޕް މި މަހުގެ ދެ ދުވަހެއްގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައެވެ.

ލޭއެޕްގެ ޕްރޮޖެކްޓް މެނޭޖަރު އަބްދުﷲ އިޔާޒް ވިދާޅުވި ގޮތުގައި މި ކޭމްޕް ކުރިއަށް ގެންދާނީ މި މަހުގެ ހަވަނަ ދުވަހާއި 16 ވަނަ ދުވަހު، ރޭގަނޑު އަށް ގަޑިން 12 ގަޑިއަށެވެ. އަދި މި ދެ ދުވަހު ވީހާވެސް ގިނަ ބަޔަކު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކޮށް ލޭ ހަދިޔާ ކުރުމަށް ލޭއެޕުން ވަނީ އާންމުންނަށް ގޮވާލާފައެވެ.

މި ކޭމްޕަކީ ރޯދަ މަހު ލޭ ހޯދުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ކޭމްޕެކެވެ. ޚާއްސަކޮށް ގަވާއިދުން ލޭ އަޅަން ޖެހޭ ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމަށް ދަތިވެ، ބައެއް މީހުން ރޯދަ މަހު ލޭ ހަދިޔާ ކުރުމަށް ޖެހިލުންވާ ކަމަށް ފާހަގަކުރެވެއެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ ލޭއެޕްގެ އިތުރުން އެމްއެންޔޫއެސްޔޫ، މެޑިކޮސް، އެހީ، ބްލަޑް ޑޯނާސް، ތެލެސީމިއާ ސޮސައިޓީ އަދި ރިޕަބްލިކް އޮފް ޑޯނާސް ގުޅިގެންނެވެ.

ރޯދަ މަހަކީ ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު މަދުވާ މޫސުމަކަށް ވުމާއެކު، މި ފަދަ ކޭމްޕްތަކުގެ ސަބަބުން ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!