ޚަބަރު
ރަހީނުން ދޫކޮށްނުލައިފިނަމަ ހަމާސް ނައްތާލާނަން: ޓްރަމްޕް

ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އަސީރުން ދޫކޮށްނުލައިފިނަމަ ހަމާސްގެ އެއްވެސް މެންބަރަކު ސަލާމަތްނުވާނެ ކަމަށާއިހަމާސް ނައްތާލާނެކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނެފައިވަނީ އެމެރިކާ އިން އިޒްރޭލަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށާއި، އިޒްރޭލުގެ ރަހީނުން ދޫނުކޮށްފިނަމަ ހަމާސްގެ އެއްވެސް މެންބަރަކު ސަލާމަތްނުވާނެ ކަމުގައިވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ރަހީނުން ދޫކޮށްލުމަށް އެމެރިކާއިން ހަމާސްއާއެކު ސީދާ މަޝްވަރާތައް ފަށާފައިވާއިރު، މި މަޝްވަރާތައް ކުރިއަށްދަނީ ޤަޠަރުގައި ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް ވަނީ ޣައްޒާގެ އާންމު ރައްޔިތުންނަށް ހަމާސް އިން ރަހީނުން ހިފަހައްޓައިފިނަމަ އެމީހުންވެސް މަރާލާނެ އިންޒާރުދީފައެވެ. މީހެ ކުރިންވެސް ޢައްޒާގެ ރައްޔިތުން އެ ގައުމު ދޫކޮށް ދިޔުމަށް އޭނާ ގޮވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

އޮކްޮބަރ މަހުގެ 7 ވަަނަ ދުވަހުން ފެށިގެން އިޒްރޭލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 70،000 މީހުން ޝަހީދުވެފައިވާއިރު، އެތައް ސަތޭކަ މީހުން ވަނީ ބިކަ ހާލުގައި ޖެހިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ސައްލި

    އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް ކަލޭ ހަލާކުވާނެ