މައުލޫމާތު
ދެބައޮޑުވުމާއި ޣީބަބުނުމުން ތިމާ ދުރުހެލިކޮށްނުދޭނަމަ، މި ހިފާ ރޯދައިގެ ބޭނުމެއް ފަހެ ކޮބައިހެއްޔެވެ: ޚުޠުބާ

ދެބައޮޑުވުމާއި ޣީބަބުނުމާއި ދޮގުވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުމުން ތިމާ ދުރުހެލިކޮށްނުދޭނަމަ، މި ހިފާ ރޯދައިގެ އެއްވެސް ބޭނުމެއް ނެތްކަން މިއަދު ޚުޠުބާގައި ގޮވާލައިފިއެވެ.

މިއަދު މުޅި ރާއްޖެއަށް އިއްވި ޚުޠުބާ އަލިއަޅުވާލައިފައިވަނީ ރޯދައިގެ ޙިކުމަތްތަކުގެ މައްޗަށެވެ.

“ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. މި ހުރިހައި ކަންކަމަކީ ވެސް ތަޤްވާވެރިކަން ޙާސިލުކޮށްދޭ ކަންކަމެވެެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ﷲ ދެއްވި ނިޢުމަތްތަކަށް އަމިއްލައަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނެއެވެ. އަޅާ ރޯދައަށް ހުންނައިރު ކެއިންބުއިމާއި އެންމެހައި އެދުންތަކުން އޭނާގެ ނަފުސު ހިފަހައްޓައެވެ. ﷲ އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްްތަކާ ކުޑަ ވަގުތުކޮޅަކަށް ވިއަސް ދުރުހެލިވުމުން އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވެއެވެ. ވަރަށް ގިނަ ފަހަރަށް ނިއުމަތެއްގެ އަގު ވަޒަންކުރެވޭނީ އެ ނިއުމަތެއް ބީވެ ދިއުމުންނެވެ. ރޯދައިގެ ސަބަބުން ﷲ އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގައި އަވައްޓެރިންނަށް ކަމޭހިތުމާއި ނިކަމެތީންނަށް ހެޔޮފޯރުވުމާއި ފަޤީރުންގެ ހާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަނެއެވެ” ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި އިތުރަށް ހާމަކޮށްފައިވަނީ، ރޯދަ ހިފުމުގެ ސަބަބުން ޙަރާމް ކަންތައްތަކާ ރޯދަވެރިޔާ ދުރުހެލިކޮށްދޭކަމެވެ. އަދި ރޯދައަކީ އިންސާނާގެ ނަފުސު ހެޔޮ ކަންކަމަށް ހާނުވައިދޭ ތަރުބަވީ އަޅުކަމެއްކަމާއި ރޯދައިގެ ސަބަބުން ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނޭކަމަށް ވެސް ހާމަކޮށްފައިވެއެވެ.

“ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއްކަމަކީ ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުމެވެ. ނަތީޖާއެއްގެ ގޮތުން ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދެއެވެ. ހެޔޮ ޢަމަލުތަކުގައި، މީހާ މަޝްއޫލުކުރުވައެވެ. ނުބައި ޢަމަލުތަކާ އޭނާ ދުރުހެލިކުރުވައެވެ” ޚުޠުބާގައި ހާމަކޮށްފައިވެއެވެ.

ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

“ރޯދަ ފަރުޟުކުރެއްވުނު ޙިކުމަތާއި އޭގެ ފައިދާ ޙާސިލުކުރެވޭނީ ﷲ އެންގެވި ގޮތަށް ރޯދަ ހިފައިގެންނެވެ. ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ތަބަޢަވެގެންނެވެ.” ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ޚުޠުބާ ނިންމާލައިފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަަސައްލަމައަށް ޞަލަވާތް ކިޔުމަށްފަހުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!