ޚަބަރު
ރާއްޖެއާއި ލަންކާ އެއްހަމައެއްގައި ގިންތިކުރެވޭ ޓީޓީ އާއި ވޮލީގެ ޓްރެއިނިން ކޭމްޕުތައް ބޭއްވުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި ލަންކާ އެއްހަމައެއްގައި ގިންތިކުރެވޭ ޓީޓީ އާއި ވޮލީގެ ޓްރެއިނިން ކޭމްޕުތައް ބޭއްވުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ސްރީ ލަންކާގެ ސަފީރު ޑީ. އަމާނުﷲ އާއެކު މިއަދު މަޝްވަރާކުރައްވައިފިއެވެ.

ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ސްރީލަންކާއާއި ރާއްޖެއަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު މި ބައްދަލުވުމުގައި ކުޅިވަރު ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ސަފީރާ ހިއްސާކުރެވުނެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ގައުމީ ޓީމުތަކުން ގުޅިގެން މަސައްކަތްކުރުމާއި، ތަމްރީނު ޕްރޮގްރާމުތައް ރާވާ ހިންގުމާއި، ކުޅުންތެރިންނާއި ކުޅިވަރުތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ޚާއްސަކޮށް ޓޭބަލް ޓެނިސްއާއި ވޮލީ ފަދަ ކުޅިވަރުތަކަށް އިސްކަންދީގެން ޓްރެއިނިންގ ކޭމްޕްތައް ބޭއްވުމަށް ވަނީ އެއްބަސްވެފައެވެ.

ފާއިތުވެ ދިޔަ ތިން އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތްތަނުގައިވެސް ލަންކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަފީރު ޑީ. އަމާނުﷲ ވަނީ ދެއްވާފައެވެ. އަދި ވަޒީރު ރާފިޢު ވަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް ލަންކާއިން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ލަންކާއަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. މިހާތަނަށް ރާއްޖޭގެ ގިނަ ކުޅިވަރު ޓީމުތަކުން ވަނީ ލަންކާގައި ކޭމްޕްކޮށް ތަމްރީނުތައް ފުރިހަމަކޮށްފައެވެ. އަދި ވޮލީ އާއި ކްރިކެޓް ފަދަ ކުޅިވަރުތަކުގައި ރާއްޖޭގެ ޓީމުތަކުގައި ލަންކާގެ ކުޅުންތެރިން ބައިވެރިވަމުން އަންނަކަން ފާހަގަކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!