ޚަބަރު
ޑރ. އިރުތިޝާމް އާދަމް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސަށް އަރުވައިފި

ދިވެހިރާއްޖެއިން ފްރާންސަށް ކަނޑައަޅުއްވާފައިވާ ނޮން ރެސިޑެންޓް ސަފީރު، ޑރ.އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންއަށް އަރުވައިފިއެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ޑރ.އިރުތިޝާމް އާދަމް ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި ދިވެހި ސަރުކާރާއި ދިވެހި އެންމެހައި ރައްޔިތުންގެ ފަރާތުން ފްރާންސްގެ ރައީސަށާއި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

ހަމައެއާއެކު، އަދި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދިޔަ އިރު، ހާއްސަ ގޮތެއްގައި ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެއްވިކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

ޑރ.އިރުތިޝާމް އާދަމްއަކީ ރާއްޖެއިން އިނގިރޭސިވިލާތަށްވެސް ކަނޑައަޅުއްވާފައިވާ ސަފީރުކަން ފާހަގަކޮށްލެެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!