ޚަބަރު
އަންހެނުންނަށް ކުރާ ފުރައްސާރައަށް ހިތްވަރު ދިނުމުގެ ބަދަލުގައި، އެކަމާ ދެކޮޅަށް ތެދުވަންޖެހޭ: މެޑަމް ސާޖިދާ

އަންހެނުންނަށް ކުރާ ފުރައްސާރައަށް ހިތްވަރު ދިނުމުގެ ބަދަލުގައި، އެކަމާ ދެކޮޅަށް އަންހެނުން ތެދުވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ކޮންގްރެސް ޕާޓީން ބޭއްވި އަންހެނުންގެ ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އަންހެނުންނަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަގާމެއް ދެއްވާފައިވާ ބައެއް ކަމަށެވެ. އެގޮތުން އިސްލާމްދީނުގައި މަންމައަށް ދޭންޖެހޭ ޤަދަރު ބައްޕައަށްވުރެ ތިން ގުނަ އިތުރު ކަން ފާހަގަކުރެއްވިއެވެ.

“މިފަދަ ކަމެއްގެ ތެރޭގައި އަޅުގަނޑުމެން ހަމަހަމަކަމުގެ ވާހަކަދައްކާއިރު، އަޅުގަނޑުމެން ތަބީޢީ ގޮތުން ތަފާތު ބަޔަކަށް ވާއިރުގައި، އަޅުގަނޑުމެންގެ ގޮންޖެހުންތައް ތަފާތު ކަމަށްވާއިރު، އަޅުގަނޑުމެން މަސައްކަތު މާހައުލުގައި މަސައްކަތް ކުރަމުން އައިސް، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ގޭތެރޭގެ ކަންކަންވެސް ބަލަހައްޓަން ތިބި މީހުން” މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މިހެންކަމުން، އަންހެނުންނަކީ އެއްކަމަކަށްވުރެ ގިނަ ކަންކަން ކުރާ ބައެއް ކަމަށާއި، އެފަދަ މަސައްކަތްތެރި ބަޔަކަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރަމުންދާއިރު އަންހެނުން އެކަމަށް ހިތްވަރުދީގެން ނުވާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެފަދައިން ހިތްވަރު ދިނުމަކީ ވަރަށް ދެރަކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

“އެހެންވީމާ މިއަދު އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވީ، މިގޮތަށް އަންހެން ބޭފުޅަކާ ދިމާކުރެވި މިގޮތަށް ދާއިރުގައި ދެންތިބި އަންހެން ބޭފުޅުން ނުކުމެ (އެފުރައްސާރަކުރެވޭ) މީހާގެ ދިފާޢުގައި މަސައްކަތް ކުރަން. މިއީ އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އެއް ކަމަކީ” މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މިއަދު މީސްމީޑިއާގެ އެކި މަންސަތަކުގައި ވަރަށް ގިނައިން، އެކި ގޮތް ގޮތުން އަންހެން ބޭފުޅުންނަށް ފުރައްސާރަ ކުރާތަން ފެންނަމުންދާ ކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، އެކަންކަން ހުއްޓުވަން އަންހެނުން ނުކުންނަންޖެހޭ ކަމަށެވެ. އަދި އެ ފުރައްސާރަ ކުރެވޭ މީހުންނާއެކީ އަންހެނުން މަސައްކަތް ކުރަންޖެހޭ ކަމަށް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!