ޚަބަރު
ޒުވާން ޅެންވެރީން ބިނާކުރަން މިއަހަރު ޚާއްސަ ހަރަކާތްތަކެއް ބާއްވާނެ

ޒުވާން ޅެންވެރީން ބިނާކުރުމަށް ޓަކައި މިއަހަރު ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ.

މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، ދިވެހި ބަސް ދިރުވައި އާލާކުރުމަށް ޓަކައި ބުރަ މަސައްކަތްތަކެއް ދިވެހި ބަހުގެ އެކެޑެމީން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހަމައެހެންމެ އަމިއްލަ ބައެއް ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންގެ ފެންވަރުގައި ވެސް ޅެންވެރިކަމަށް ޚިދުމަތްތަކެއް ކުރެވެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއަހަރުގެ ޅެންވެރީންގެ ޖަލްސާ އެ ބޭފުޅަކަށް ޓަކައި ތަޚްޞީޞްކުރެވުނު ނިޝާން ޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޞާދިޤު ވިދާޅުވާ ފަދައިން ޅެންވެރިކަމަށް ބަދަލުތަކެއް އަންނަމުން ދާނެ ކަމަށެވެ. އެހެންކަމުން އެ ބަދަލުތަކަށް މަރުޙަބާ ކިޔައި ޒުވާން ޅެންވެރީން ބިނާކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މި އަހަރުތެރޭ ފަށްޓަވާނެ ކަމަށް ވަޒީރު އިޢުލާނުކުރެއްވިއެވެ.

މި މަސައްކަތުގެ ތެރެއިން، “ޅެން ފަރުވާ” ފެށުމަށް އިލްމީ ދިރާސާގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ދިވެހި ބަހާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިއީ “ޕޮއެޓްރީ ތެރަޕީ” އަށް ދިވެހިބަހުން ދެވިފައިވާ ނަމެކެވެ. މި ނަމަކީ ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން ކަނޑައަޅައި ފާސްކޮށްފައިވާ ނަމެކެވެ.

ދިވެހިބަހުގައި “ޅެންފަރުވާ” ގެ މާނައަކީ ބަލި މީހާގެ އިހްސާސްތަކާއި އުދާސްތަކާ ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެކެވެ. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއް ކަމަށް ވެސް ބަސްކޮމިޓީގެ ނިންމުމުގައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!