ޚަބަރު
މާފިލާފުށީގައި ސިފައިންގެ ތަމްރީނުތަކެއް ފަށަނީ

ޅ. މާފިލާފުށީގައި ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

ދިފާއީ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، މި ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނި މި މަހުގެ 16 ވަނަ ދުވަހުގައެވެ.

ދިފާއީ ވުޒާރާއިން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ މި އަސްކަރީ ތަމްރީނުތައް ފެށޭނީ މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 6:00 ގައެވެ. އަދި މި ތަމްރީނުތައް ނިމޭނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 11:59 ގައެވެ.

މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއާސްތައް ދަތުރުކުރާނީ ޅ. މާފިލާފުށީގެ ވަށައިގެން 200 މީޓަރު ދުރުމިނަށް ކަމަށާއި، އަދި މި ފްލެއާސްތައް ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރު ކަމަށް ދިފާއީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މާފިލާފުށީގައި މި ތަމްރީނުތައް ކުރިއަށްގެންދަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައިވެސް ސިފައިން ގެންދަނީ ތަމްރީނުތަކެއް ހިންގަމުންނެވެ. މާލޭގައި ކުރިއަށްދާ މި ތަމްރީނުތައް ފެށިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ތަމްރީނުތައް ނިމޭނީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ.

މާލޭގައި ކުރިއަށްދާ ތަމްރީނުތައް ބޭއްވޭނީ ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ކަމަށާއި، އަދި ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 10:00 އިން އަނެއް ދުވަހުގެ ފަތިހު 1:00 އަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން، މި ތަމްރީނުތަކުގައި ސިފައިން ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.

މި ތަމްރީނުތަކަކީ ސިފައިންގެ ޤާބިލުކަން އިތުރުކޮށް، ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު ތަމްރީނުތަކެއް ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!