ޚަބަރު
ޔޫތު މިނިސްޓްރީ އާއި އުރީދޫ ގުޅިގެން ‘ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025’ ފަށައިފި

ޔޫތު މިނިސްޓްރީ އަދި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށްގެން ބާއްވާ “ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025” ރަސްމީކޮށް ފަށައިފިއެވެ.

މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިންގ މުބާރާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެސްޓިވަލްގައި ބާއްވާ މުބާރާތްތަކުގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ އަދި ޓެކެން ފަދަ މަޝްހޫރު ގޭމްތައް ހިމެނެއެވެ. މި މުބާރާތްތައް ކުރިއަށްދާނީ މާރިޗު މަހުގެ 12 އިން 14 އަށް، ޖުމްލަ ތިން ދުވަހުގެ މުއްދަތަށެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން މި ނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި ފެސްޓިވަލްގެ މަޤްޞަދަކީ ރަމަޟާން މަހުގައި ޒުވާނުންނަށް މުނިފޫހިފިލުވުމުގެ ފުރުޞަތު ހޯދައިދިނުމާއެކު، ރާއްޖޭގެ އީސްޕޯޓްސް ދާއިރާ ކުރިއެރުވުމެވެ.

މުބާރާތުގައި ވާދަކުރާ ބައިވެރިންނަށް ފައިސާގެ އިނާމުތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ގޭމެއްގެ

  • 1 ވަނައަށް އަންނަ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.
  • ދެވަނައަށް 3000 ރުފިޔާ ލިބިގެންދާއިރު
  • ތިންވަނައަށް އަންނަ ފަރާތަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!