ޚަބަރު
ޕީއެންސީގެ ނަމުގައި ސްކޭމް މެސެޖުތަކެއް؛ ސަމާލުވުމަށް އިލްތިމާސް!

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން އިލްތިމާސްކޮށްފިއެވެ.

ޕީއެންސީން މިކަމަށް އިލްތިމާސް ކޮށްފައިވަނީ އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި ޕީއެންސީން ބުނެފައިވަނީ އެ ޕާޓީގެ ނަމުގައި އެކި ފަރާތްތަކަށް މަޢުލޫމާތު ހޯދަން ކަމަށް ބުނެ މެސެޖުތަކެއް ފޮނުވަމުންދާކަން އެ ޕާޓީގެ ސެކްރެޓޭރިއޭޓްގެ ސަމާލުކަމަށް އެކިއެކި ފަރާތްތަކުން ގެނެސްފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މަޢުލޫމާތެއް ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކަށް ޕާޓީގެ މައި އިދާރާއިން ނުވަތަ ޕާޓީގެ ރަސްމީ ހައިސިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ނުވަތަ އެކަމަށް ކަނޑައެޅިފައިވާ ޕާޓީގެ ރަސްމީ ޗެނަލްތައް މެދުވެރިކޮށެވެ. އަދި މިގޮތަށް ގުޅާ ގުޅުންތަކުގައިވެސް ބޭނުންކުރަނީ ޕާޓީގެ ނަމުގައި ހުންނަ ނަންބަރުތައް ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

ޕީއެންސީން އިތުރަށް ފާހަގަކޮށްފައިވަނީ އެސްއެމްއެސްގެ ޒަރީއާއިން އެއްވެސް މަޢުލޫމާތެއް ހޯދުމަށް ޕާޓީގެ ރަސްމީ އިދާރާއިން ނޭދޭނެ ކަމަށެވެ. އަދި މިހާތަނަށް ފާހަގަކުރެވިފައިވާ މި ބާވަތުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޕީއެންސީން ވަނީ ސިޔާސީ ބޭނުމަކަށް ޕާޓީގެ ނަމުގައި ސައްހަ ނޫން މެސެޖުތައް ނުފޮނުވާނެ ކަމަށާއި އެފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންނަށް އިލްތިމާސްކުރަމުން، ޕީއެންސީން ބުނެފައިވަނީ ޕާޓީގެ ނަމުގައި ލިބޭ ޝައްކުކުރެވޭ މެސެޖުތަކަށް ޖަވާބު ނުދިނުމަށާއި، އެފަދަ މެސެޖުތަކުގައިވާ ލިންކުތަކަށް ނުވަންނަން ސަމާލުވުމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!