ޚަބަރު
ރައީސްގެ ދަރިކަލުންނާ ގުޅުވައި ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް މަންދީ ދެއްކި ވާހަކަ އީސީ އިން ވެސް ކުށްވެރިކޮށްފި

ރައީސުލްމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާ ގުޅުވައި އެމްޑީޕީގެ މުޒާހަރާއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ މަންމަ މަރްޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ) އިންވެސް ކުށްވެރިކޮށްފިއެވެ.

އިއްޔެ ރޭ މާލޭގައި ބޭއްވުނު އެމްޑީޕީގެ އެއްވުމެއްގައި މަންދީ ވަނީ ޒުވާނުން “ބިޑި އޮޅަން” ޖެއްސީ ރައީސްގެ ދަރިކަލުން ވޭޕް ބޯން ފެށުމުން ކަމަށް ބުނެ ވާހަކަދައްކާފައެވެ. މި ވާހަކައަކީ ސާބިތުނުހިފޭ ދޮގު ވާހަކައެއް ކަމަށް ބެލެވެއެވެ.

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން އީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކަށް ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި ރާއްޖޭގައި ޢަމަލުކުރަމުންދާ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ.

އީސީގެ ބަޔާނުގައި ވަކިން ޚާއްޞަކޮށް ފާހަގަކޮށްފައިވަނީ، “ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ޙައްޤުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާފަދަ ވާހަކަތައް ދެއްކުން” އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ސުލޫކީ މިންގަނޑާ ޚިލާފަށް، މުޖުތަމަޢުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި، ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުކިޔުމާއި، ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އީސީން އިލްތިމާސްކޮށްފައިވެއެވެ.

އީސީން އިތުރަށް ބުނެފައިވަނީ، ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!