ޒާތީ ރުޅިވެރިކަމެއްގައި ވިޔަސް އަދި ސިޔާސީ ވާދަވެރިކަމުގައި ވިޔަސް، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމާ ދެކޮޅަށް އަޑުއުފުލަން ޖެހޭނެ ކަމަށް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
“އިޖުތިމާޢީ އަދި ސިޔާސީ އެކި މަންސަތަކުގައި އެއްވެސް ޙާލަތެއްގައި ކުޑަކުދިންގެ އަބުރާއި ބެހި، އެކުދިންގެ ކަރާމާތަށް އަރައިގަތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން،” ފަހުމީ, ސްޓެލްކޯގެ އެމްޑީ،
“އަދި މިފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،” ފަހުމީ, ސްޓެލްކޯގެ އެމްޑީ،
ފަހުމީ ވިދާޅުވީ، އެންމެން ވެސް ވާންޖެހޭނީ ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމުން ދުރުހެލިވެ ތިބޭ ބަޔަކަށް ކަމަށާއި، އެފަދަ ނޭއްގާނީ ޢަމަލުތަކާ ދެކޮޅަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ސިޔާސީ ޕާޓީތަކުން ކުޑަކުދިންގެ ކަރާމާތަށް އަރައިގަންނަ ކަމަށް ތުހުމަތުކުރަމުންނެވެ. އަދި މިފަދަ ޢަމަލުތަކުން އެ ޕާޓީތަކުގެ ޙަޤީޤީ ފެންވަރު ހާމަވެގެންދާ ކަމަށް ވެސް ފާހަގަކުރެއެވެ.