ޚަބަރު
ލޯނުތައް ދެއްކުމަށް، 3 މަސް ތެރޭ 2 ބިލިއަން ރުފިޔާ!

ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުމަށް މި އަހަރުގެ މިހާތަނަށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ސަރުކާރުން 2.28 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި އަހަރަށް ކަނޑައަޅައި ފާސްކޮށްފައިވާ ބަޖެޓުގައި ވާގޮތުން، ލޯނުތައް ދެއްކުމަށް ކަނޑައަޅާފައިވަނީ 3.8 ބިލިއަން ރުފިޔާ އެވެ.

މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 1.49 ބިލިއަން ރުފިޔާ، %188.5 އިންސައްތަ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.

ލޯނު ޙަރަދު އިތުރުވި ނަމަވެސް، ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު މި އަހަރު ވަނީ ދަށަށް ގޮސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް 7.19 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 7.16 ބިލިއަން ރުފިޔާ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!