ޚަބަރު
ދައުލަތުގެ އާމްދަނީ އިތުރުވެ، ހަރަދުތައް ދަނީ ކުޑަ ވަމުން: މާލީ ވުޒާރާ

ދައުލަތުގެ އާމްދަނީ އިތުރުވެ، ޚަރަދުތައް ކުޑަވަމުންދާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މިކަން ހާމަވެފައިވަނީ މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ ޚަރަދުބަރަދުގެ ތަފްސީލު އަންގައިދޭ މާލީބަޔާނުންނެވެ.

މި ބަޔާނުގައިވާ ގޮތުން، މާރޗް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޚަރަދުތައް ހުރީ 5.7 ބިލިއަން ރުފިޔާގައެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާކަމުގެ ހެއްކެއް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

އާމްދަނީގެ ބޮޑު ބައެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައި ކަމަށްވާއިރު ޓެކްސް އާމްދަނީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ އަދި، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެންމެ ބޮޑު އާމްދަނީއެއް ޖީއެސްޓީން ލިބިފައިވާއިރު އެއީ 3.2 ބިލިއަން ރުފިޔާއެވެ.

ޚަރަދުތަކަށް ބަލާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 394.6 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. މީގެ އިތުރުން، މުސާރައާއި ޕެންޝަނަށް 2.4 ބިލިއަން ރުފިޔާ އަދި އިދާރީ ޚަރަދުތަކުގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޖުމްލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާ އަދި ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!