ޚަބަރު
ދަނޑުވެރިކަމުގެ ކުދި އަދި މެދު ވިޔަފާރިތަކަށް ސީއެފްސީން މާލީ އެހީ ދެނީ

ކުދި އަދި މެދު ފަންތީގެ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ކޮމަން ފަންޑް ފޯ ކޮމޮޑިޓިސް (ސީއެފްސީ) އިން މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ލޯނު ޕްރޮގްރާމްގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ޝައުގުވެރިވާ ފަރާތްތަކަށް އޭޕްރިލް 1 ވަނަ ދުވަހުގެ ނިޔަލަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވުޒާރާއިން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި ލޯނު ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމާ ގުޅޭ ޕްރޮޕޯސަލް  މި ލިންކުގައިވާ މެއިލްއަށް  ފޮނުވަން ޖެހޭނެއެވެ.

ޚާއްސަކޮށް ފާހަގަކޮށްލެވޭ ކަމަކީ، މި ލޯނު ދޫކުރުމުގައި އަންހެން ދަނޑުވެރިންނަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަންހެނުން ދަނޑުވެރިކަމުގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މި ފަދަ މާލީ އެހީތެރިކަމުގެ ޕްރޮގްރާމްތަކަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ފާހަގަކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!