ޚަބަރު
ނ. އަތޮޅުގައި މުއްސަނދިންނަށް ޚާއްސަ ޓައުންޝިޕެއް ތަރައްޤީކުރުމުގެ ހުއްދަދީފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި މުއްސަނދިންނަށް ޚާއްސަ ޚިދުމަތްތައް ގާއިމްކުރުން ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.

މި ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އެޕްލިކޭޝަން ދިރާސާކުރުމަށްފަހުގައެވެ.

“ޕްރޮޖެކްޓް އޭލާ” ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫޢު ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ ނ. އަތޮޅު ދިގުފަރު ފަޅުގައި އޮންނަ ދެކެނަންފަރާއި ކުރަމާދޫއެވެ. މި މަޝްރޫޢުގެ ދަށުން މައިގަނޑު ގޮތެއްގައި ތަރައްޤީކުރާނީ މަތީފަންތީގެ ރިއަލްއެސްޓޭޓް ޕްރޮޕަޓީތަކެވެ.

މި ޓައުންޝިޕްގައި ދުނިޔޭގެ މަތީފެންވަރުގެ ސިއްޙީ ޚިދުމަތްތައް ގާއިމްކުރުމަށް ވަނީ ރޭވިފައެވެ. އަދި މި ޓައުންޝިޕަށް ބޭނުންކުރާ ކަރަންޓުގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ހަދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޒަމާނީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ވަސީލަތްތައް ގާއިމްކުރުމަށްވެސް ވަނީ ރޭވިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، މަޝްރޫޢުގެ ފުރަތަމަ ހުއްދައާއެކު 180 ދުވަހުގެ ތެރޭގައި، ފީސިބިލިޓީ އެސެސްމަންޓާއި، އިންފްރާސްޓްރަކްޗާ މާސްޓާޕްލޭނާއި، އިންޖިނިއަރިން އަދި ތިމާވެށީގެ ދިރާސާ އަދި ތަފްސީލީ ވިޔަފާރި ޕްލޭނެއް ހުށަހަޅަންޖެހެއެވެ.

އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިއީ އެސްއީޒެޑު ގާނޫނުގެ ދަށުން މަޝްރޫޢު ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ދެވުނު ހުއްދައެކެވެ. އަދި މިއީ ކުރިއަށް ހުރި މަޝްވަރާތަކާއެކު ކުރިއަށް ދިއުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމުގައި މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!