ޚަބަރު
އެކްސްޕޯ 2025 އާ ގުޅޭގޮތުން ސްޓެލްކޯ އާއި ބީ.ސީ.ސީ އިން މަޝްވަރާކޮށްފި

2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު” އެކްސްޕޯ 2025 އާ ގުޅޭގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގެ އިސްވެރިން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އާއި ބީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔާއު ގެ އިތުރުން ދެ ކުންފުނީގެ އެހެނިހެން އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި އެކްސްޕޯ 2025 އާ ގުޅޭގޮތުން ދެ ކުންފުނި ގުޅިގެން ކުރެވިދާނެ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

“ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު” އެކްސްޕޯ 2025 އަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި އުފެއްދުންތެރިންނަށް އަމާޒުކޮށްގެން ބޭއްވޭ ފުރަތަމަ މައުރަޒެވެ.

މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ:

  • ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް އެމީހުންގެ އުފެއްދުންތަކާއި ޚިދުމަތްތައް ދެއްކުމުގެ ފުރުޞަތު ހޯދައިދިނުމާއި
  • ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން

މި ބައްދަލުވުމުގައި ދެ ކުންފުނީގެ މެދުގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، އެކްސްޕޯ 2025 ގެ ކާމިޔާބީއަށްޓަކައި އެއްބާރުލުން ދިނުމަށް އެއްބަސްވެވުނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!