ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކުރައްވާފައިވާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސީޕީގެ މަގާމު ފުރުއްވި ފަސީހު އިމިގްރޭޝަން ކޮންޓްރޯލާ އަކަށް އައްޔަން ކުރައްވައިފިއެވެ.
އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ފަސީހު ވަނީ އަދާކުރައްވާފަ ފަސީހު ފުލުހުންގެ ހިދުމަތުން ރިޓަޔާކުރެއްވީ 2024 ވަނަ އަހަރު އެވެ.
އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ޝަމްޢާން ވަކިކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އިމިގްރޭޝަންގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން، ބިދޭސީންގެ އަތުން ނުޙައްޤުން ފައިސާ ނަގަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، މިހާރު ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން، 2025 މާރިޗު 20 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގެއެއް ބަލައި ފާސްކުރުމަށްފަހު 3 މީހުން ވަނީ ފުލުހުންގެ ހައްޔަރަށް ގެނެވިފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން، އިތުރު މަޢުލޫމާތު ޢާންމުކުރެވެމުންދާނެ ކަމުގައި ފުލުހުން މަޢުލޫމާތު ދެއެވެ.