ޚަބަރު
ޝަމްޢާންގެ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާ ގެންގޮސްފި

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނުގެ މަޤާމުން ވަކިކުރި މުޙައްމަދު ޝަމްޢާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފިއެވެ.

މި ފައިސާ ފެނިފައިވަނީ ފުލުހުން ޝަމްޢާންގެ ގެ ރޭގެ ވަގުތެއްގައި ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެގެއިން ފައިސާތަކެއް ގެންގޮސްފައިވާކަން އެނގިފައިވީނަމަވެސް ފައިސާގެ ވަކި އަދަދެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނުގެ މަޤާމުން ޝަމްޢާން ވަކިކޮށް އެ މަޤާމަށް ސީޕީ ފަސީހު ވަނީ އައްޔަނުކޮށްފައެވެ.

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ޝަމްޢާން ވަކިކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އިމިގްރޭޝަންގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން، ބިދޭސީންގެ އަތުން ނުޙައްޤުން ފައިސާ ނަގަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، މިހާރު ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން، 2025 މާރިޗު 20 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގެއެއް ބަލައި ފާސްކުރުމަށްފަހު 3 މީހުން ވަނީ ފުލުހުންގެ ހައްޔަރަށް ގެނެވިފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން، އިތުރު މަޢުލޫމާތު ޢާންމުކުރެވެމުންދާނެ ކަމުގައި ފުލުހުން މަޢުލޫމާތު ދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!