ޚަބަރު
އާރތް އަވަރ ފާހަގަކުރުމަށްޓަކައި މާދަން ރޭ އެއް ގަޑިއިރަށް ހުރިހާ ދިއްލުންތައް ނިއްވާލަނީ

ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރިކުރުމަށް ފާހަގަކުރާ “އާރތް އަވަރ” މާދަމާ ރޭ ފާހަގަ ކުރުމަށް ތައްޔާރީތައް ވަނީ ފުރިހަމަ ކުރެވިފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން މިކަން އިޢުލާނު ކުރަމުން ބުނެފައިވަނީ މި ޙަރަކާތް ކުރިއަށްދާނީ މާދަމާ ރޭ 8:30 އިން 9:30 އަށް ކަމަށެވެ. އަދި މި ޙަރަކާތުގައި ރާއްޖޭގެ ރައްޔިތުންނާއި، ދިރިއުޅޭ އެންމެހާ ފަރާތްތަކުންނާއި، ވިޔަފާރި ކުންފުނިތަކާއި، އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވާ އެހެން ހުރިހާ ދިއްލުންތައް ނިއްވާލައި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ޙިމާޔަތްކޮށް، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން ނެތިގެންދާ ދިރުންތަކާއި، މާޙައުލީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްވެސް މި ޙަރަކާތުން މަގުފަހިކުރެއެވެ.

“މި އަހަރުގެ އާރތް އަވަރ ޙަރަކާތަކީވެސް އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތުކަން ދަމަހައްޓާ، ޤައުމީ ފެންވަރުގައި ކާމިޔާބު ޙަރަކާތަކަށް ހަދަމާތޯ” މިނިސްޓްރީން މިފަދައިން ގޮވާލާފައިވެއެވެ.

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަށްވުމާއެކު، ޤުދުރަތީ ވެއްޓާއި، އެ ވެށީގައި ހިމެނޭ ޤުދުރަތީ ދިރުންތައް ޙިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި މިނިސްޓްރީން ފާހަގަކޮށް، މި ޙަރަކާތުގައި ހުރިހާ އެންމެންވެސް ބައިވެރިވުމަށް އިލްތިމާސްކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!