ސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރި މައްސަލައެއްގައި ބޯޓަކުން ފެނުނު 7 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 ބިދޭސީން ވަނީ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ 7 ފިރިހެނުންނާއި އިންޑޮނޭޝިއާގެ 3 ފިރިހެނުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 5 މީހެއްގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކޮށްދީފައިވެއެވެ. އަދި އަނެއް 5 މީހުންގެ ބަންދުގެ މުއްދަތު އެއް ދުވަހަށް އިތުރުކޮށްދީފައިވެއެވެ.
ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައިގެ ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގައި، މި މީހުން ތިބި ބޯޓުން 7 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައި ނުވާއިރު، މަސްތުވާތަކެތި އަތުލައިގަތް ބޯޓަކީ ކޮން ޤައުމެއްގެ ބޯޓެއްކަން އަދި އެ ބޯޓު އަތުލައިގަތް ގޮތުގެ ތަފްސީލުވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި ފާއިތުވި އަހަރުތަކުގައިވެސް ގިނަ ބިދޭސީންތަކެއް ވަނީ ހައްޔަރުކުރެވިފައެވެ.
މި މައްސަލަ ފުުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެެވެ.