ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލްގެ އަގު ވަނީ ހެޔޮކޮށްފައެވެ. މިގޮތުން ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 12.21 ރުފިޔާއިން 11.73 ރުފިޔާއަށް ކުޑަކޮށްފައެވެ.
އެސްޓީއޯއިން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ މި އަގަށް ގެނައި ބަދަލަކީ އީދު ބަންދާ ދިމާކޮށް ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.
“މި ބަދަލާ އެކު އީދު ބަންދުގައި ދަތުރުފަތުރުކުރާ މީހުންނާއި ހިދުމަތް ދޭ ފަރާތްތަކަށް ލުޔެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ،” އެސްޓީއޯ
އެ އޮފިޝަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އީދު ބަންދު ނިމުނު ނަމަވެސް، ތެޔޮ ވިއްކަމުން ގެންދާނީ މިހާރު މި ބަދަލުކުރި އަގުގައެވެ.
އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ. މިފަހަރު ގެނައި ބަދަލަކީ ރައްޔިތުންނަށް އީދު ބަންދުގައި ލުޔެއް ހޯދައިދިނުމަށް ގެނައި ޚާއްސަ ބަދަލެކެވެ.

