ޚަބަރު
މި ރޯދަމަހު ކޮންމެ ދުވަހަކު މާލެސަރަހައްދުން އެވްރެޖުކޮށް 3000 ޓަނުގެ ކުނި ނެގި: ވެމްކޯ

މި ރަމަޟާންމަހު މާލެ ސަރަޙައްދުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 3000 ޓަނަށްވުރެ ގިނަ ކުނި ނަގަމުންދާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ހާމަކޮށްފިއެވެ.

ވެމްކޯއިން ޕީއެސްއެމް ނިއުސްއަށް ދީފައިވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ރަމަޟާންމަހު މާލެ ސިޓީން ދުވާލަކު 1980 ޓަނު، ހުޅުމާލެއިން 1280 ޓަނު އަދި ވިލިމާލެއިން 354 ޓަނުގެ ކުނި ނަގަމުންދެއެވެ. މިއާއެކު ޖުމްލަ 3614 ޓަނުގެ ކުނި ކޮންމެ ދުވަހަކު މާލެ ސަރަޙައްދުން ނަގާކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

ވެމްކޯއިން ފާހަގަކުރި ގޮތުގައި އެހެން މަސްތަކާ ޚިލާފަށް ރަމަޟާންމަހަކީ ގޭބިސީތަކުން ކުނި އުފައްދާ މިންވަރު އިތުރުވާ މަހެކެވެ. ޚާއްޞަކޮށް ރޯދަވީއްލުމަށް ތައްޔާރުކުރާ ކާނާގެ ސަބަބުން ބަދިގެއިން އުފައްދާ ކުނީގެ މިންވަރު އިތުރުވެއެވެ.

ރަމަޟާންމަހު މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ވެމްކޯއިން ފޯރުކޮށްދެނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. މާލެއިން ރޭގަނޑު 8:30 އިން ދަންވަރު 2:30 އަށް، ހުޅުމާލެއިން ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށް އަދި ވިލިމާލެއިން ރޭގަނޑު 9:30 އިން ދަންވަރު 1:30 އަށް ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ.

ވެމްކޯއިން ވަނީ ކުނި ނެރުމުގައި ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ބިއްލޫރި ނުވަތަ ތޫނު އެއްޗެހި އުކާލާނަމަ، އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދުކޮށް ވަކިން ބެހެއްޓުމަށް އެދިފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!