ޚަބަރު
ދިވެހިންގެ ރޯދަމަހުގެ އާދަތައް މުޅިދުނިޔެއަށް ދައްކާލުމަށް މަޝްހޫރު ޔޫޓިއުބަރ ޚާލިދު އަލް އަމޭރީ ރާއްޖޭގައި!

މެދު އިރުމަތީގެ މަޝްހޫރު ޔޫޓިއުބަރ ޚާލިދު އަލް އަމޭރީ މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފިއެވެ. މި ޚާއްސަ މަސައްކަތުގެ ދަށުން، ރަމަޟާން މަހު ރާއްޖޭގައި ފާހަގަކުރާ އާދަކާދަތަކާއި ސަގާފަތް ޚާލިދުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ދުނިޔެއަށް ދައްކުވައިދޭނެއެވެ.

އެމްއެމްޕީއާރުސީން މަޢުލޫމާތު ދިންގޮތުގައި، މިއީ މެދުއިރުމަތިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ރޭވިފައިވާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ރީތިކަމާއި މުއްސަނދި ސަގާފީ ތަރިކަ ބޮޑު އޯޑިއަންސަކަށް ފޯރުކޮށްދެވޭނެއެވެ.

މި މަހުގެ 22 އިން 26 އަށް ރާއްޖޭގައި ހޭދަކުރާނެ ޚާލިދު، އޭނާގެ ދަތުރުގައި ރަމަޟާން މަހު ރާއްޖޭގައި ކުރާ ތަޖުރިބާތަކާއި، ގޮނޑުދޮށުގައި ރޯދަވީއްލުން ފަދަ ސަގާފީ އާދަކާދަތަކާއި، މެދުއިރުމަތީގެ ފަތުރުވެރިންނަށް ޚާއްސަ ލަގްޒަރީ ތަންތަން ދައްކުވައިދޭނެއެވެ. މި ހުރިހާ ތަޖުރިބާތަކެއް ކޮންމެ ދުވަހަކު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 3.9 އިންސައްތައަކީ މެދުއިރުމަތީގެ ޤައުމުތަކުން އަންނަ ފަތުރުވެރިންނެވެ. މިދިޔަ އަހަރު 79,000 އަށްވުރެ ގިނަ ފަތުރުވެރިން މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ޚާލިދު އަލް އަމޭރީއަކީ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޖުމްލަ 21 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި، އިސްލާމީ އާދަކާދަތަކާއި މުޖުތަމަޢުގެ އަސާސްތައް ފުޅާކުރުމަށް މަސައްކަތްކުރާ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރެކެވެ. އޭނާގެ ހިތްގައިމު އަދި މަޖާ ކޮންޓެންޓްތަކާއި، މީހުންނާ ގުޅުން ބަދަހިކޮށް ވާހަކަ ހުށަހެޅުމުގެ ހުނަރުވެރިކަމުން ވަނީ ގިނަ ބަޔެއްގެ ލޯބި ހޯދާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!