ޒަމްޒަމް ކޮމްޕެނީގެ ހަވާލުގައި އުމްރާއަށް ގޮސް ހުންނެވި ދިވެހި އަންހެނަކު ރޭ، މައްކާގައި ނިޔާވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މައުލޫމާތު ދެއްވި ގޮތުގައި ނިޔާވެފައިވަނީ ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސަޢީދާ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ވިދާޅުވި ގޮތުގައި މުއުމިނާ ސަޢީދާ ނިޔާވި ޚަބަރު ޒަމްޒަމް ކޮމްޕެނީގެ ފަރާތުން ވަނީ މިނިސްޓްރީއަށް އަންގާފައެވެ.

