ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މިއަދު އެކަނި 7 ރަށެއްގައި ބީއެމްއެލްއިން އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ.
މީގެ ތެރޭގައި ހއ. އުތީމު، ހއ. މާރަންދޫ، ހއ. ތަކަންދޫ، ހއ. މުރައިދޫ، ހއ އުލިގަމު، ހއ. ތުރާކުނު ހިމެނެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން ބައެއް ރަށްތަކުގައި އޭޓީއެމް ބަހައްޓާއި މިހާރުވަނީ ޚިދުމަތް ދޭން ފަށާފައެވެ.

ހއ. މުރައިދޫގައި އޭޓީއެމް ހުޅުވުން: ފޮޓޯ/ޕީއެސްއެމް
މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢާއެކު ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ 25 އަހަރުން މުޅި ރާއްޖޭގައި ބެހެއްޓިފައިވަނީ ޖުމްލަ 96 އޭޓީއެމެވެ. އެހެންނަމަވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އެއް އަހަރު ތެރޭގައި 122 އޭޓީއެމް މުޅި ރާއްޖޭގައި ބެހެއްޓިގެންދާނެއެވެ. މީގެ ތެރޭގައި ބީއެމްއެލް އާއި އެމްއައިބީވެސް ހިމެނެއެވެ.
އޭޓީއެމް ނެތް ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ، އެރަށެއްގެ ރައްޔިތުންނަށް ލިބޭނެ ފަސޭހައެއް ކަމަށް ބެލެވެއެވެ.