ލައިފްސްޓައިލް
އިމްރާން ހާޝްމީގެ އާވާރާޕަންގެ ދެވަނަ ބައި ނެރޭނެ ދުވަސް ހާމަކޮށްފި

ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝްމީގެ ކާމިޔާބު ފިލްމެއް ކަމަށްވާ ‘އާވާރާޕަން’ގެ ދެވަނަ ބައި ސިނަމާތަކަށް ނެރޭނެ ދުވަސް ހާމަކޮށްފިއެވެ.

ނިތިން ކައްކަރް ޑައިރެކްޓް ކުރާ އާވާރާޕަން 2 ލިޔެފައި ވަނީ 2019 ވަަ އަހަރު އިމްރާން ކުޅުނު ނެޓްފްލިކްސް ސީރީޒް “ދަ ބާޑް އޮފް ބްލަޑް” ވެސް ލިޔުނު ބިލާލް ސިއްދީގީއެވެ.

2007 ގައި ގެނެސްދިން މަގްބޫލު ކްރައިމް ފިލްމްގެ ދެވަނަ ބައި ސިނަމާތަކަށް ނެރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 3 ގައެވެ.

މަޝްހޫރު އެތައް ފިލްމަކުން ފެނިގެން ގޮސްފައިވާ އިމްރާންގެ އާވާރާޕަން 1 ގައި ބަތަލާގެ ރޯލު ކުޅުނީ ޝްރިޔާ ސަރަންއެވެ. ނަމަވެސް އާވާރާޕަން 2 ގެ ބަތަލާ އަކީ ކާކު ކަމެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!