ޚަބަރު
ރަސްދޫ އަލިފާނުގެ ހާދިސާ: ފިހުނު މީހުންގެ އާއިލާއާ ނައިބުރައީސް ބައްދަލުކުރައްވައިފި

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ސީރިއަސްކޮށް ފިހުނު ދެމަފިރިންގެ އާއިލާގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް މިއަދު ބައްދަލުކުރައްވައިފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ރަސްދޫގައި ހިނގި މި ނުރައްކާތެރި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ވެފައިވަނީ 31 އަހަރުގެ ދެމަފިރިންނަށެވެ. މި ދެމީހުންނަށް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދެއެވެ. އަނިޔާވި ދެމީހުންގެ ހާލު ބެއްލެވުމަށާއި އާއިލާގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ނައިބުރައީސް އައިޖީއެމްއެޗަށް ވަޑައިގެންނެވިއެވެ.

އައިޖީއެމްއެޗުން ދެއްވި މައުލޫމާތުގައި، އަނިޔާވި ދެމީހުންގެ ގައިގެ ވަރަށް ބޮޑު ބައެއް ފިހިފައިވާ ކަމަށާއި، އެމީހުންގެ ހާލަތު ވަރަށް ސީރިއަސް ކަމަށް ވިދާޅުވިއެވެ. އަދި އިތުރަށް ލިބިފައިވާ މައުލޫމާތުގައި، އެ ދެމީހުން ސަލާމަތްވާނެ ކަމުގެ އުންމީދު ވަރަށް ކުޑަކަމަށް ބަޔާންކޮށްފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާގެ ތަހުގީގު މިހާރު ކުރިއަށް އެބަދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!