ޚަބަރު
ބިންހެލުމާއި ގުޅިގެން ރާއްޖެއިން ތައިލެންޑަށް ހިލޭ ގުޅޭނެގޮތް އުރީދޫއިން ހަމަޖައްސައިފި

މިއަދު ތައިލެންޑަށް އައި ބިންހެލުމާ ގުޅިގެން، އުރީދޫ މޯލްޑިވްސްއިން ތައިލެންޑަށް ހިލޭ ގުޅޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި ޚިދުމަތް މިރޭ މެންދަމު 12:00 އާ ހަމައަށް ލިބެން ހުންނާނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.

މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ތައިލެންޑުގައި ތިބި ދިވެހިންނަށް އާއިލާތަކާއި ގުޅައި، އެމީހުންގެ ހާލު ބެލުމަށް ފަސޭހަކޮށްދިނުމުގެ މަޤްޞަދުގައެވެ.

ތައިލެންޑުގައި މިއަދު އައި ބިންހެލުމާ ގުޅިގެން، އެޤައުމުގައި ދިރިއުޅޭ އަދި ދަތުރުކުރަމުންދާ ގިނަ އަދަދެއްގެ ދިވެހިން އާއިލާތަކާ ގުޅުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

އުރީދޫ މޯލްޑިވްސްއިން މިފަދަ ޚިދުމަތެއް ތަޢާރަފުކުރުމަކީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމެއްކަން ފާހަގަކުރެވެއެވެ. މީގެ ކުރިންވެސް މިފަދަ ކުއްލި ހާލަތްތަކުގައި އުރީދޫއިން ވަނީ މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ބިންހެލުމުގެ ސަބަބުން ވަރަށް ބޮޑަށް ލޮޅުން އަރާފައިވެއެވެ. ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯތަކުން ދައްކާ ގޮތުގައި އުސް އިމާރާތްތަކުގެ މަތީގައި ހުރި ސުވިމިން ޕޫލްތަކުން ފެންގަނޑު އިމާރާތުން ބޭރަށް ފައިބާފައިވެއެވެ.

މި ބިންހެލުމުގެ އެންމެ ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ފާހަގަކުރެވެނީ ބެންކޮކުގައި ހަދަމުންދިޔަ 30 ބުރީގެ އުސް އިމާރާތެއް ބިމާ ހަމަވެ، އެ އިމާރާތުގެ ދަށުގައި 43 މަސައްކަތްތެރިން ތާށިވެފައިވުމެވެ. މި ވަގުތު އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ބިންހެލުން އައި މިޔަންމާއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ބިންހެލުން ދިރާސާކުރާ ފަރާތްތަކުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދަށް އިތުރު ކުދި ބިންހެލުންތަކެއް އަންނާނެ ކަމަށް “އިންޒާރު ދީފައި” ވެއެވެ.

މި ބިންހެލުމަކީ މި އަހަރު އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށްވާއިރު، ސަރުކާރުތަކުން ވަނީ ރައްޔިތުން ސަމާލުވުމަށް އިރުޝާދު ދީފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!