ޚަބަރު
އެންމެ 20 ރުފިޔާ ދެއްވުން އެދި އަލީރަމީޒު ކުރި ޕޯސްޓު؛ ބޮޑު ތަރުހީބަކާއެކު މަންފާ އަށް ގިނަބައެއްގެ އެހީ!

ދީނީ އަދި އިޖްތިމާޢީ މަސައްކަތްތައް ކުރުމަށް އަލަށް އުފައްދާފައިވާ މަންފާ ޖަމްޢިއްޔާއަށް އެހީތެރިވުމަށް އެ ޖަމްޢިއްޔާގެ ރައީސް ޢަލީ ރަމީޒު ކުރެއްވި ޕޯސްޓަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ. އަދި އެޖަމިއްޔާއަށް އެތައް ބަޔަކު ވަނީ އެހީ ފޯރުކޮށްދީފަައެވެ.

އިއްޔެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޢަލީ ރަމީޒު އެދުނީ ޖަމްޢިއްޔާގެ ދީނީ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ކޮންމެ މީހަކުވެސް އެންމެ 20 ރުފިޔާ ހަދިޔާކޮށްދިނުމަށެވެ. މި ގޮވާލުމަށް އާންމުން ދިން އިޖާބައިގެ ގޮތުން، އެންމެ 6 ގަޑިއިރުގެ ތެރޭގައި 1300 އަށްވުރެ ގިނަ މީހުން ވަނީ އެހީތެރިވެފައިވާ ކަމަށް ބުނެ އަލީ ރަމީޒު ވަނީ ކޮމެންޓު ކޮށްފައެވެ.

“މާލީ ގޮތުން ލިބުނު އެހީތެރިކަމަށްވުރެ ބޮޑަށް އުފާވީ ޢާންމުން އަޅުގަނޑުމެންނަށް ކުރާ އިތުބާރު ފެނި ޔަގީންވުމުން. އަލްޙަމްދުލިއްލާހި،” މިހެން ވިދާޅުވި ޢަލީ ރަމީޒު މީޑިއާއަށް ހާމަކުރެއްވި ގޮތުގައި ބައެއް ފަރާތްތަކުން ވަނީ 20 ރުފިޔާއަށްވުރެ މަތީ އަދަދުތަކުން އެހީތެރިވެފައެވެ.

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ދީނީ އިލްމު އުނގެނުމާއި ދީނީ ކަންކަމަށް ގޮވާލައި ނަސޭހަތްތެރިވުމުގައި ހަރަކާތްތެރިވަމުންދާ ޢަލީ ރަމީޒު އެހީއަކަށް އެދި އެދުނީ ކޮންމެ މީހަކަށް ވެސް ދޭން ދަތިނުވާނެ ވަރުގެ އަދަދެއްގެ އެހީއަކަށެވެ. ރާއްޖޭގައި ހާއްސަކޮޮށް މާލޭފަައި ފައިސާ ބޭކާރުކަންކަމަށް ހޭދަ ކުރާ މުއްސަނދިން ގިނަ ވި ނަމަވެސް ރެއާދުވާލު މަސައްކަތް ކޮށްގެން ލިބޭ އާމްދަނީ އިން ކިރިޔާ އުޅެވޭ ނޫޅެވޭ ހާލުގައި ދިރިއުޅެމުންދާ މީހުން މަދެއްނޫނެވެ. އެހެންކަމުން އަލީ ރަމީޒުގެ މި ޕޯސްޓުގައި އެދިފައިވާ 20 ރުފިޔާ ދޭނެ މީހުން މަދުނުވާނެ ކަން ގައިމެވެ.

މަންފާ ޖަމްޢިއްޔާއިން ދާދި އަވަހަށް ވަރަށް ވަރުގަދަ ކަމެއް އިޢުލާނު ކުރާނެ ކަމަށްވެސް ޢަލީ ރަމީޒު ވަނީ ހާމަކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!