ޚަބަރު
ސްކޫލްތައް ހުޅުވުމުގެ ކުރިން ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ފޯރުކޮށްދެވޭނެ: ވަޒީރު

އަންނަ މަހުގެ 6 ވަނަ ދުވަހު ފެށޭ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ސްކޫލްތަކަށް ފޯރުކޮށްދީ ނިންމާނެކަމަށް ސަރުކާރުން މިއަދު ވަނީ އިއުލާނުކޮށްފައެވެ.

ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި، މިހާރު ވަނީ ދިރާސީ އައު އަހަރަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ޕްރިންޓްކޮށް ނިމި، ތައުލީމީ ވުޒާރާގެ ބެލުމުގެ ދަށުގައެވެ. އަދި މިހާތަނަށް 81 އިންސައްތަ ފޮތް ސްކޫލްތަކަށް ފޮނުވާ ނިމިފައިވާއިރު، ބާކީ ހުރި ފޮތްތައްވެސް އަންނަ ހަފުތާގެ ތެރޭގައި ފޯރުކޮށްދީ ނިންމާލެވޭނެއެވެ.

“ފޮތްތައް ބަހާއިރު މިފަހަރު އަޅުގަނޑުމެން ސްކޫލްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްސަ ކަމެއް އެބަކުރަން. އެއީ ކީސްޓޭޖް 1 އަދި 2ގެ ގުރޭޑުތަކުން ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާ ފޮތްތައް ވަކި ޕެކްކުރުމަށްފަހު ސްކޫލްތަކަށް މި ފޯރުކޮށްދެނީ،” ވަޒީރު ވިދާޅުވިއެވެ.

ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން، ފޮތްތައް ފޯރުކޮށްދިނުމުގެ އިތުރުން ސްކޫލްތަކުގެ މަރާމާތުތަކަށް މި އަހަރު 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މުދައްރިސުންގެ ދަތިކަމެއްނެތި ކިޔެވޭނެ މަގު ކޮންމެ ދަރިވަރަކަށްވެސް ފަހިވެފައިވާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މީގެކުރިން ބެލެނިވެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރުވެސް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސަރުކާރުން ފޯރުކޮށް ނުދެވުމުގެ ކަންބޮޑުވުމެވެ. ނަމަވެސް މިފަހަރު ސަރުކާރުން ވަނީ މި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވާފައެވ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!