ޚަބަރު
ރޯދަމަހު ސްކޫލް ބަންދުކޮށް، އަދަބީ އަދި ދީނީ ހަރަކާތްތައް ބޭއްވިދާނެ: ވަޒީރު

ކުރިއަށް އޮތް އަހަރުތަކުގެ ރޯދަމަހުގައި އާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ‘ޕްރޮޖެކްޓް-ބޭސްޑް ލާނިންގ’ އާއި އެހެނިހެން ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދިއުމާ ބެހޭގޮތުން ބެލެނިވެރިންނާއި ޕްރިންސިޕަލުންނާއި މުދައްރިސުންނާ މަޝްވަރާކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ރޯދަމަހު ސްކޫލް ބަންދުކުރުމަށް ބެލެނިވެރިން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދެމުން އަންނާތީ، އެކަން ކުރެވޭނެ ގޮތެއް ބެލުމަށް ރައީސް ދެއްވި އިރުޝާދާ ގުޅިގެންނެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި، ރޯދަމަހުގެ ފަހު 10 ދުވަސް ފިޔަވައި، ސަރުކާރު ހުޅުވާ 12 ނުވަތަ 13 ދުވަހުގެ ކިޔަވައިދިނުމަކީ އެހެން މަސްތަކުގެ ހަ ދުވަހުގެ ކިޔަވައިދިނުމާ އެއްވަރުގެ މިންވަރެކެވެ.

ހިރާ އިންޓަނޭޝަނަލް ސުކޫލު، އައްޑޫސިޓީ، ހިންގާފައިވާ އެކިކަހަލަ ތަފާތު ހަރަކާތްތައް،/ ފޮޓޯ:ހިރާސުކޫލު

ބެލެނިވެރިން ފާހަގަކުރާ މައިގަނޑު ކަންބޮޑުވުންތައް:

  • މަދު ވަގުތުތަކަށް ސްކޫލަށް ދަރިވަރުން ގޮވައިގެން ދިއުމުގެ ތަކުލީފު
  • ރޯދަމަހު ދަރިވަރުންނާއި މުދައްރިސުންގެ ހާޒިރީ ދަށްވުން
  • މުދައްރިސުންގެ ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީ އިތުރުވުން
  • ކިޔަވައިދިނުން އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވުން

ހުށަހެޅިފައިވާ ބަދަލުތައް:

  • ޕްރޮޖެކްޓް-ބޭސްޑް ލާނިންގ ހަރަކާތްތައް
  • އިސްލާމްދީނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް
  • ގުރުއާނާ ގުޅޭ ހަރަކާތްތަކާއި މުބާރާތްތައް
  • އަދަބީ ހަރަކާތްތައް
  • މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް

މި ބަދަލުތަކާ ގުޅޭގޮތުން 2025 ގެ ދިރާސީ އަހަރު ފެށުމުން މަޝްވަރާތައް ފެށުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، ކީ ސްޓޭޖު 4 އަދި 5 ގެ ދަރިވަރުންގެ ކިޔެވުން އާންމު އުސޫލުން ކުރިއަށްދާނެ ކަމަށް މިނިސްޓަރު ޝަފީއު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ޝަފީއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެ ދުވަސްތަކުގައި ހުރިހާ މުދައްރިސުން ވެސް ރަސްމީކޮށް މަސައްކަތަށް ނުކުންނަން ޖެހޭނެއެވެ. އަދި މުދައްރިސުންނަށް އަހަރީ ޗުއްޓީ ލިބޭނީ ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރު ނިމުމުންނެވެ. އެހެންކަމުން 2025 ގެ ދިރާސީ އަހަރު ފެށިގެން މުދައްރިސުންނަށް އަހަރީ ޗުއްޓީ ލިބޭނީ ޑިސެމްބަރުން ފެށިގެންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!